ޕާފޯމަންސް އޮޑިޓްތަކަށް އާންމުންނަށް މައުލޫމާތު ދެވޭނެ ޕޯޓަލްއެއް ހަދައިފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ޕާފޯމަންސް އޮޑިޓްތަކަށް އާންމު ރައްޔިތުން ބޭނުންވާ މައުލޫމާތު ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. އޮޑިޓް އޮފީހުން ބުނީ އެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން...

02 Mar 2020 | 11:41

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ޕާފޯމަންސް އޮޑިޓްތަކަށް އާންމު ރައްޔިތުން ބޭނުންވާ މައުލޫމާތު ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އޮޑިޓް އޮފީހުން ބުނީ އެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ އޮފީހުން ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެ ޕޯޓަލްގެ ބޭނުމަކީ އޮޑިޓް މަރުހަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށް ބުނެފައިވެ އެވެ.

މި ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ލަފާ ދެވޭ ކަންކަމުގެ ތެރޭގައި އޮޑިޓް އޮފީހަށް ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަ ޕާފޯމަންސް އޮޑިޓްތައް ހިމެނެ އެވެ. އަދި އެ އޮފީހުން ކުރަމުންދާ އޮޑިޓްތަކާ ގުޅުންހުރި މައުލޫމާތާއި ލިޔެކިޔުންތައް އާންމުންގެ އަތުގައި ހުރި ނަމަ އެވެސް ހިއްސާ ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިހާރުވެސް ދައުލަތުގެ 10 އިދާރާއެއްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ހިޔާލު ހުށަހެޅުމުގެެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އީޕީއޭ އަދި ރައީސް އޮފީހުގެ އިތުރުން އެމްޕީއެލް، ކަސްޓަމްސް، ޑިފެންސް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ ޕާފޯމަންސް އޮޑިޓް ރިޕޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް