އީސީގެ މެންބަރު ކަމަށް، ރައީސްގެ ލިސްޓުގެ ކުރީގައި އަކްރަމް!

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި މިހާރު އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމްގެ ނަ...

02 Mar 2020 | 07:47

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި މިހާރު އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމްގެ ނަން ހިމަނުއްވައިފި އެވެ.

އަކްރަމް އާއި އެކު ދެން މެންބަރު ކަމަށް ކުރިމަތި ލައްވާފައިވަނީ އީސީގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒާއި އެ ކޮމިޝަންގެ ކުރީގެ ގާނޫނީ ވަކީލު ހަނީފާ ޚާލިދުގެ އިތުރުން އަހްމަދު މަންސޫރެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބުގެ ކުރީގައި އޮތީ އަކްރަމްގެ ނަމެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އީސީގެ މެމްބަރުކަމަށް އައްޔަންކުރައްވަން ފޮނުއްވި ނަން މަޖިލީހުގައި އިއްވަވައި ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.

އީސީއަށް މެންބަރަކު ހޮވަނީ އަކްރަމްގެ ދައުރު މިމަހު ހަމަވާތީ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަކްރަމްގެ އިތުރުން މިހާރު އެ ކޮމިޝަނުގައި ތިން މެންބަރުން އެބަ ތިއްބެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް