ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް20، އެސް 20 ޕްލަސް އަދި އެސް 20 އަލްޓްރާ ދިރާގުން ރާއްޖެއަށް ތައާރަފްކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.
މި ކަމަށްޓަކައި އެ ކުންފުނިން ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ސެމްސަންގެ ފަހުގެ ފޯނުތައް ތައާރަފުކޮށްފައިވަނީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު (ސީއޯއޯ) މަހްމޫދު ދައްސަރު އާއި ސެމްސަންގް ސްރީލަންކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫގެ އިތުރުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އެވެ.
ސެމްސަމްގެ މި ތިން ފޯނަކީ ދިރާގުގެ އީ-ސިމް ސަޕޯޓު ކުރާ ތިން ފޯނެވެ. ދިރާގު މެދުވެރިކޮށް ސެމްސަންގް ގެ ފޯނުތައް ގަންނަ ކޮންމެ ކަސްޓަމަރަކަށް ފޯނާއެކު ސެމްސަންގް ގެލެކްސީ ބަޑްސް ޕްލަސްއެއް ދޭނެ އެވެ. މީގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 10 ޖީބީގެ ޑޭޓާ ވެސް ހިލޭ ލިބޭނެ އެވެ.
ދިރާގުން ބުނީ ރެއިން ފެށިގެން އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް