މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޗާނދަނީ މަގުގައި ހުންނަ ބިގްމޭން ރެސްޓޯރަންޓްގެ ބަދިގޭގައެވެ. އެ ހާދިސާގައި އެ ތާނގައި ހުރި އޭސީ އަ...

02 Mar 2020 | 05:12

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޗާނދަނީ މަގުގައި ހުންނަ ބިގްމޭން ރެސްޓޯރަންޓްގެ ބަދިގޭގައެވެ. އެ ހާދިސާގައި އެ ތާނގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްވެސް ގޮވިކަމަށް މައުލޫމާތު ލިބެއެވެ.

ދުވަހުގެ ނޫސްވެރިއަކަށް އެ ހާދިސާގައި ފިހުނު މީހާ ދުވެފައި ނިކުތްތަން ފެނުނެވެ. އެމީހާގެ މޫނާއި ދެ އަތް ވަރަށް ބޮޑަށް ފިހިފައިވެއެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އެ ވަގުތު އެ ސަރަހައްދަށް ދިޔަ ފުލުހެއްގެ ސައިކަލުގައެވެ. ފިހިފައިވަނީ ބިދޭސީއެކެވެ.

އޭގެ ފަހުން ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ގޮސް އެ އަލިފާން ވަނީ ކޮންޓްރޯލު ކޮށްފައެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ ކޮން ހޮސްޕިޓަލެއްގައިކަން ކަށަވަރެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް