އެމްޑީޕީ ކައުންސިލް ތަކަކީ ޤައުމިއްޔަތު ފުނޑާލާ ފިކުރަށް ބޯލަނބަން ޖެހޭ ބައެއް: ޑރ. ޖަމީލް

އެމްޑީޕީ ކައުންސިލް ތަކަކީ ރައީސް ނަޝީދު ގެ ޤައުމިއްޔަތު ފުނޑާލާ ފިކުރަށް ބޯލަނބަން ޖެހޭ ބައެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޑރ. ޖަމީލް މިއަދު ކުރެއްވި ...

02 Mar 2020 | 04:49

އެމްޑީޕީ ކައުންސިލް ތަކަކީ ރައީސް ނަޝީދު ގެ ޤައުމިއްޔަތު ފުނޑާލާ ފިކުރަށް ބޯލަނބަން ޖެހޭ ބައެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ރާއްޖެއަށް ތަރަށްޤީ ގެނެސްދިނީ ޕީޕީއެމް ސަރުކާރުން ކަމަށެވެ.

އިސްރާއީލް އާއި އެއްވަރުކުރި ރާއްޖެތެރޭ ރައްޔިތުން މިއަދު ކުއްލިއަކަށް އަގު ބޮޑުވެއްޖެކަމަށް ޑރ. ޖަމީލް ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތް ކޮށް ޖަމީލް އިތުރަށް ވިދާޅުވަނީ މިއީ އާންމު ރައްޔިތުނަށް ގެއްލުންދޭ ޕާޓީ އެއްކަމަށެވެ.

އޭނާގެ ޓްވީޓްގައި، 8 ފެބްރުއަރީ ހާދިސާގައި މާލެއާއި ރާއްޖޭގެ ބައެއް ތަންތާނގައި ހުޅުޖެހި ހުޅުޖެހުމުގެ ފޮޓޯތައް ޓްވީޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް