ހެރީ ޕޮޓާގެ ފިލްމުތައް90 ގެ އަހަރުތަކުގައި އަދި2000 ގެ ކުރީކޮޅު ޝައުގުވެރިކަމާއި އެކު ބެލި މީހުންނަށް މިއީ ހިތާމަވެރި ހަބަރެކެވެ.
އެ ފިލްމު ސީރީސްގެ އާ ބައިތަކެއް ހިމަނައިގެން ފިލްމުތަކެއް ނެގެސްދޭން އަނެއްކާވެސް ދަނީ ތައްޔާރު ވަމުންނެވެ. މިފަހަރު ރިލީޒް ކުރާ ހެރީ ޕޮޓާގެ ފިލްމުތައް ބިނާ ކުރަނީ ހެރީ ޕޮޓާ އެންޑް ފެންޓާސްޓިކް ބީސްޓް އަށެެވެ.
އެކަމަކު އަދި ފުރަތަމަ ފިލްމަށް ކިޔާނެ ނަމެއް ނުނިންމައެވެ. ހިތާމަވެރި ހަބަރަކީ ފިލްމުގެ މައި ކެރެކްޓަރު އަދި ހެރީ ޕޮޓާގެ ސީރީޒް ތަކުން މަޝްހޫރުކަން ހޯދި ޑެނިއަލް ރަޑްކްލިފް މި ފިލްމު ކުޅުމުގެ ޝައުގުވެރިން ނެތުމެވެ.
ޑެނިއަލް ރަޑްކްލިފް ބުނެފައިވަނީ ހެރީ ޕޮޓާ ކުޅުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށެވެ. އެކަމަކު އެނބުރި ހެރީ ޕޮޓާގެ ފިލްމުތައް ކުޅެން ނުދާނަމޭ ބުނަން ބޭނުން ނުވާކަމަށް ބުނެފައިވެ އެވެ.
ޑެނިއަލް ބުނެފައިވަނީ މިހާރު އޭނާގެ ކެރިއަރުގެ މިސްރާބު ހުރި ގޮތުން އެއް ބައެއްގެ ފިލްމުތަކަކަށް އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އަދި މިހާރު އޭނާގެ ހިތްހަމަ ޖެހުން ގުޅިފައިވަނީވެސް ހެރީ ޕޮޓާ އާއި ދުރުގައި ކަމަށެވެ.
އޭނާ ވަނީ ހެރީ ޕޮޓާގެ ފިލްމުތައް ކުޅުމުގައި10 އަހަރު ހޭދަ ކޮށްފައި އެވެ.
އެ ފިލްމު އުފައްދާ ފަރާތްތަކުން ބުނެފައިވަނީ ފިލްމުގެ މައި ކެރެކްޓާތައް ކުޅުނު މީހުން ނުލައިވެސް ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. ހެރީ ޕޮޓާގެ އާ ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖޯން ޑެޕް، އެޒްރާ މިލާ އަދި ކެތަރިން ވޮޓާސްޓޮން ހިމެނެ އެވެ.
ހެރީ ޕޮޓާގެ އާ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް