ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ވަރުގަދަ ނުވަތަ ތަފާތު ކަންކަމުގައި ހިތްވަރު ކުރީ ކޮން ބައެއްތޯ ބަލަން ގިނަ ޔުނިވާސިޓީ ތަކަކުން ދިރާތައް ކޮށްފައިވެ އެވެ. އާންމުކޮށް އެންމެންނަށްވެސް ހީވެފައި އޮންނަނީ ފިރިހެނުންނަކީ މާ ބާރުގަދަ ބައެއް ކަމަށެވެ.
ވަރުގަދައީ ކޮންބައެއްތޯ ބަލަން ކޮށްފައިވާ އަށް ދިރާސާއެއްގައި ބުނެފައިވަނީ ފިރިހެނުންނަށްވުރެ އަންހެންނުންގެ ހަށިގަނޑު މާބާރުގަދަ ކަމަށާއި ކަންކަމާ މާޔޫސްވެ ވިސްނާ ހަދަން ޖެހުމުން ކުރާ އަސަރުން ސަލާމަތްވެ އެފަދަ ކަމަކުން އަރައިގަތުމަށް އެންމެ ފަސޭހައީ އަންހެނުންނަށް ކަމަށެވެ
އެ ދިރާސާތަކުގައި ވާގޮތުން ފިރިހެނުންނަށްވުރެ އަންހެނުންގެ އުމުރު ދިގެވެ. ދުނިޔޭގައި ދިރިތިބި110 އަހަރުން މަތީގެ ކޮންމެ43 މީހަކުން42 މީހަކީ އަންހެނުންނެވެ. ބެލެވޭގޮތުގައި އަންހެނުންގެ އުމުރު ދިގުވަނީ އުމުރުގެ ބޮޑު ބައި ބުރަކޮށް މަސައްކަތް ކުރަން ޖެހުމުންނެވެ. ނުވަތަ ދިރިއުޅޭ މާހައުލަށް އަމިއްލައަށް ގެންނަ ބަދަލުންނެވެ.
ފިރިހެނުންނާއި އަޅާ ބަލާއިރު ހަށިގަނޑުގައި އަޅާ ވޭން ތަހައްމަލް ކުރުމުގައިވެސް އަންހެނުންނަކީ މާ ވަރުގަދަ ބައެކެވެ. އެކަމުގެ މިސާލައެއްގެ ގޮތުގައި ދިރާސާތަކުގައި ބުނެފައިވަނީ ކޮންމެ މަހަކު އަންހެނުންނަށް ކުރިމަތިވާ މައްސަރުކަންތަކެވެ. އެ ދިރާސާތަކުގައި ބުނެފައިވަނީ އެފަދަ ވޭނެއް ކޮންމެ މަހަކު ފިރިހެނުންނަށް އަޅާނަމަ އެމީހުންނަށް ކެތް ނުކުރެވޭނެ ކަމަށެވެ.
އާންމުކޮށް ފެތުރޭ ބަލިތައް، މޫސުމަށް އަންނަ ބަދަލެއްގެ ސަބަބުން ހަށިގަނޑުގެ ބާރު ދެރަވުން ފަދަ ކޮންމެ ކަމަކުން ސަލާމަތް ވުމަށް އެންމެ ފަސޭހައީ ފިރިހެނުންނަށްވުރެ އަންހެނުންނަށެވެ. އެއީ ފިރިހެނުންނާއި އަޅާ ބަލާއިރު އަންހެނުންގެ ދިފާއީ ނިޒާމު ވަރުގަދަ ވުމުުންނެވެ.
ފިރިހެނުންނަށްވުރެ މާ ބޮޑަށް އަންހެނުންނަށް ދިމާވާ ކަންތައްތައް ފާޅުނުކޮށް އެތެރެއަށް ހިތާމަތައް ދުއްވާލައިގެން ތިބުމުގެ ބާރު ހުރެ އެވެ. ހާއްސަކޮށް ހިތާމަވެރި ފިލްމު ބަލައިގެން އަންހެނުންނަށްވުރެ މާގިނަ ފިރިހެނުން ރޯކަމަށްވެ އެވެ. ދިރިއުޅުމުގައި ދިމާވާ ހިތާމަވެރި ކަންކަމުން އަރައިގަތުމަށްވެސް ފިރިހެނުންނަށް ވުރެ އަންހެނުން ހިތްވަރުގަދަ އެވެ.
ޕްރެޝަރާ ކުރިމަތިވާ ފަހަރުތަކުގައި އަންހެނުންގެ ހިތްވަރުގަދަކަމާއި ސިކުނޑީގައި ހުރި ވަރުގަދަކަން ފެނިގެންދާނެ އެވެ. އެއީ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ވިސްނުމާ ގުޅުން ހުރި ހޯމޯންތައް ތަފާތު ކަންކަން ދިމާވުމުން މަސައްކަަތް ކުރަން ފަށާލެއް އަވަސް ކަމުންނެވެ.
ފިރިހެނުންނާއި އެއްވަރަށް އަންހެނުން ކަސްރަތުކޮށް، ބޮޑީ ބިލްޑު ކުރުމަކީ ފިރިހެނުން މާ ގަޔާވާ ކަމެއް ނޫންކަން އެ ދިރާސާތަކުން ފާހަގަވެ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭރުން އަންހެނުންގެ ވަރުގަދަކަން މާބޮޑަށް ފާޅުވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް