ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވާ މާރިޔާ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގަިއ ވިދާޅުވެފައިވަނީ އެ ކޮމިޓީ އުފެދިގެން ތިން އަހަރު ވީއިރުވެސް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. މާރިޔާ ވިދާޅުވީ ހުށަހެޅިފައި ހުރި މައްސަލަތައްވެސް ކުރިޔަށް ނުގެންގޮސް ހުރީ ކަމަށެވެ
އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެކި ގޮތް ގޮތުން ދަންނަވާފައިވާނެ ކަމަށް މާރިޔާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. ކޮމިޓީގައި މަސައްކަތްތައް ކުރިއަށް ނުގެންދަނީ ކޮމެޓީގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގުޅިވަޑައިގެން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
މާރިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހިންގަނީ އެއްވެސް ގަވައިދެއް ނެތި މަޖިލީހުގެ ރައީސް ބޭނުންވެ ވަޑައިގެންނަވާ ގޮތަކަށް ކަމަށެވެ. އިސްތިއުފާދެއްވީ އެ ހުތުރު އަމަލުތަކުގައި ބައިވެރި ނުވުމަށް ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ގަވާއިދު ކޮމެޓީއަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް