ބޮލީވުޑްގެ ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓްއަށް ބަޔަކު ގުޅައި 50 ލައްކަ ރުޕީސް އުއްތަރް ޕްރަދޭޝްގެ ލަކްނޯގެ ބޭންކް އެކައުންޓަކަށް ޖަމާކުރަން އަންގައި އޭނާއަށް މަރުގެ އިންޒާރު ދީފި އެވެ.
އިންޒާރު ދިން މީހާ ވަނީ އެ ފައިސާ ޖަމާނުކޮށްފި ނަމަ މަހޭޝް ބަޓްގެ އަންހެނުން ސޯނީ ރަޒްދާން އާއި ދަރިފުޅު އާލިއާ ބަޓް މަރާލާނެ ކަމަށް ބުނެފައި އެވެ. އިންޒާރު ދީފައިވަނީ ގުޅައިގެން އެކަންޏެއް ނޫނެވެ. ވަޓްސް އަޕް މެދުވެރިކޮށާއި މެސެޖުންވެސް އެތައް ފަހަރަކު އެމިހާ އިންޒާރު ދިން ކަމަށް ވެ އެވެ.
އެކަން ހިނގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މަހޭޝް ބަޓް ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މުމްބާއީ ޕޮލިހާއި އުއްތަަރް ޕްރަދޭޝް ޕޮލިސް ގުޅިގެން ކުރި ތަހުގީގުން އެ ކޯލު ކުރި މީހާ ހޯދައި މިހާރު ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް