ހުޅުމާލޭ ފަޅު ބޭނުން ކުރާ އުލަނދު ފަހަރުތަކުން ފީއެއް ނަގަން ނިންމާ އެ އުސޫލު އާންމު ކުރީ ޓްރާންސްޕޯޓު އޮތޯރިޓި އާއި މަޝްވަރާ ނުކޮށް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް އޮތޯރިޓީ (އެޗްޑިސީން) އިއްޔެ އަމަލު ކުރަން ފެށި އުސޫލުގައި ބުނެފައިވަނީ ހުޅުމާލޭ ފަޅު ބޭނުން ކުރާ ސަފާރީތަކުން 20،000 ރުފިޔާގެ މަހު ފީއެއް ނަގާނެ ކަމަށެވެ. އެ ފީއަކީ ރާއްޖެއިން ބޭރުގެ އުޅަނދުތަކާއި. ރާއްޖޭގެ އުޅަނދުތަކުންވެސް ނަގާނެ ފީ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ސަފާރީތައް ހިންގާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދާއި ބައްދަލުކޮށްފައި އެވެ. އެ ބައްދަލުވުމަށް ފަހު އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ ފަޅު ބޭނުން ކުރާ އުޅަނދުތަކުން ފީ ނަގަން އެޗްޑީސިން ނިންމިކަން އެ އޮތޯރިޓިއަށް ނޭނގޭ ކަމަށް އެ ބައްދަލުވުމުގައި މަހުދީ ވިދާޅުވި ކަމަށެވެ.
އަދި އ އުސޫލު ހަދަން ފެށުމުގެ ކުރިންނާއި އަމަލު ކުރަން ފެށިފަހުން މިހާތަނަށްވެސް އުސޫލާއި ގުޅޭ އެއްވެސް މައުލޫމާތެއް އެޗްޑީސީން ޓްރާންސްޕޯޓު އޮތޯރިޓީ އާއި ހިއްސާ ނުކުރާ ކަމަށް މަހުދީ އާއި ހަވާލާ ދެއްވާ އިގްނާޒް ވިދާޅުވި އެވެ. އިގްނާޒް އިތުރަށް ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީން ވެސް ގަބޫލު ކުރާ ގޮތުގައި ނަގަން ކަނޑައަޅާފައިވާ ފީ އަކީ ހަމައެކަނި ފަޅެއް ބޭނުން ކުރަން ކަމަށް ނަމަ ބޮޑު އަދަދެއް ކަމަށެވެ.
މި އުސޫލުގައި ހުރި ކަންބޮޑުވާ ކަންކަމާއި ގުޅޭޣޮތުން އެޗްޑީސީ އާއި މަޝްވަރާ ކުރައްވާނެ ކަމަށް މަހުދީ ވިދާޅުވި ކަމަށް ވެ އެވެ.
މި ބައްދަލުވުމުގައި ލޭމް އިން ވަނީ ހުޅުމާލޭ ފަޅު ބޭނުންކޮށްގެން ފީއެއް ނަގާނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އުސޫލަށް އަމަލު ކުރަން ފެށުން ލަސް ނުވާނެ ކަމަށެވެ. އަދި މިފަދަ ނިންމުންތަކުގެ އަސަރު ސީދާގޮތުން ޓޫރިޒަމް ދާއިރާއަށް ކުރާނެ ކަމަށް ބުންޏެވެ.
އިއްޔެ ލޭމް އިން ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި ފޯނުން މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. އެ މަޝްވަރާގައި ސައިމަން ވަނީ އެ ޖަމިއްޔާގެ ކަންބޮޑުވުންތަކާއި ފީ އާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް