ސުނިލް ޝެޓީ ބައްޕަ މަރުވެއްޖެ

ބޮލީވުޑްގެ އެކްޓަރު، ސުނިލް ޝެޓީގެ ބައްޕަ ވީރަޕާ ޝެޓީ މަރުވެއްޖެ އެވެ. މަރުވި އިރު ވީރަޕާ ޝެޓީއަށް 93 އަހަރެވެ. މަރުވެފަިއވަނީ މުމްބާއީގެ  ބްރީޗް ކޭންޑީ ހޮސްޕިޓަލުގަިއ ފަރުވާދެމުން ދަނިކޮށް އިއްޔެ ރެ ...

02 Mar 2017 | 04:45

ބޮލީވުޑްގެ އެކްޓަރު، ސުނިލް ޝެޓީގެ ބައްޕަ ވީރަޕާ ޝެޓީ މަރުވެއްޖެ އެވެ.

މަރުވި އިރު ވީރަޕާ ޝެޓީއަށް 93 އަހަރެވެ. މަރުވެފަިއވަނީ މުމްބާއީގެ  ބްރީޗް ކޭންޑީ ހޮސްޕިޓަލުގަިއ ފަރުވާދެމުން ދަނިކޮށް އިއްޔެ ރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވީރަޕާ މަރުވެފއިވަނީ ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު އެވެ. އޭނާއަށް 2013 ވަނަ އަހަރު ވަނީ ސްޓްރޯކެއްވެސް ޖެހިފައި އެވެ.

އޭގެ ފަހުން ސުނިލް ޝެޓީ ވަނީ އޭނާގެ އަމިއްލަ ގޭގައި އައިސީޔޫއިން ދޭ ހުރިހާ ހިދުމަތަކާއި ފަރުވާ އެއް ލިބޭނެ އިންތިޒާމު ހަމަޖައްސައި ބައްޕަގެ ހިދުމަތުގައި ޑޮކްޓަރުންނާއި ނަރުހުން ބައިތިއްބާފައި އެވެ.

އޭގެ ފަހުން ސުނިލް ޝެޓީ ފިލްމުތަކުން ނުފެންނަނީ ބައްޕަގެ ބަލިހާލަތު ހުރިގޮތުން ބައްޕަގެ ހިދުމަތުގައި ހުރުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށްވެ އެވެ. ސުނިލް ޝެޓީ ބުނެފައިވަނީ އޭނާގެ ބައްޕަ އަކީ އަސްލު ހީރޯއެއް ކަމަށެވެ.

ވީރަޕާ އަކީ ވަރަށް ހަގު އުމުރުގައި މަސައްކަތް ކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މީހެކެވެ. މިހާރު އޭނާގެ އެތައް ހޮޓަލެއް އިންޑިއާގައި ހުރެ އެވެ.

އެންމެ ފަހުން ސުނިލް ޝެޓީ ފެނިގެން ދިޔައީ  2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "2 ޗެހެރާ" އިންނެވެ. ދެން އެންމެ އަވަހަށް ޗުނިލް ޝެޓީ ފެނިގެން ދާނީ "ހީރާ ފޭރީ  3" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް