ދިރާސާ ތަކުން ދައްކާގޮތުގައި ކޮންމެ 10 މީހަކުން އެކަކީ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ކިޑްނީގައި ހިލަ އުފެދޭނެ މީހެކެވެ.
ކިޑްނީގައި ހިލަ އުފެދެނީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެން ހީހަށް ބަދަލުވުމުގެ މަރުހަލާގައި ހަރު އެތިކޮޅުތަކަކަށް ބަދަލުވެގެންނެވެ. ކިޑްނީގައި މިގޮތަށް އުފެދޭ ގިނަ ހިލަ އަކީ ވަރަށް ކުދި ހިލަތަކެކެވެ. އެހެންވެ ހީސްލާއިރު އެ ހިލަތަށް ބޭރުވެގެންދާ ކަމަށް ވެ އެވެ. ހިލަތަށް ހަށިގަނޑުން ބޭރުވާން މަދުވެގެން ހަތަރު ހަފްތާ ނަގަ އެވެ.
އާންމުކޮށް ކިޑްނީގައި ހިލަ އުފެދެނީ އުމުރުން 30 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންގެ އެވެ. އެއް ފަހަރުވެސް ކިޑްނީގައި ހިލައެއް އުފެދިއްޖެ ނަމަ 10 އަހަރު ތެރޭގައި އިތުރު ހިލައެއް އުފެދުމުގެ ފުރުސަތު 50 ޕަސެންޓް އޮންނާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ތިރީގައި އެވަނީ ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ވުމަށް ކުރެވިދާނެ މުހިންމު ތިން ކަމެކެވެ.
ފެން ބުއިން:
ގިނައިން ފެން ނުބޯނަމަ ހަށިގަނޑަށް ވަރަށް ނުރައްކާ ބޮޑުވާނެ އެވެ. ކިޑްނީ އާއި ފެނާއި ގުޅިފައިވާ މިންވަރަށް ބަލާއިރު ފެން ބޭނުންވާ ވަރަށް ހަށިގަނޑަށް ނުލިބުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުންވާން ހުންނަ ފެންމަދުވެ ހިލައަށް ބަދަލުވެ އެވެ.
ޑޮކްޓަރުން ލަފާދޭގޮތުގައި ދުވާލަކު ތިން ލީޓަރުގެ ފެން ނުވަނަ 12 ތަށިފެން ބޯންވާނެ އެވެ.
ކެއުމަށް ގެންނަން ޖެހޭ ބަދަލު:
ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ އެއްޗެހީގެ ތެރޭގައި ކެލްސިއަމް ހިމެނޭ ކާއެއްޗެހި ކެއުން ހިމެނެ އެވެ. ކެލްސިއަމް ހިމެނޭ ކާއެއްޗެހީގެ ތެރޭގައި ބައެއް ފެހި ފަތާއި މަހުގެ ބާވަތްތަކާއި ޔޯގަޓް ހިމެނެ އެވެ.
އެކަމަކު މިބާވަތްތަކަކީ އާންމުކޮށް ކެއުމުގައި ބޭނުން ކުރާ އެއްޗެއްސަށްވާތި ޑޮކްޓަރުން ލަފާ ދެނީ ކެލްސިއަމް ހިމެނޭ ކާއެއްޗެއްސާއި އެކު ރަހަ ގަދަ ކާއެއްޗެހި ކެއުމުގައި ހިމެނުމަށެވެ.
ކެލްސިއަމް ހިމެނޭ ބާވަތްތައް ކެއުމަކީ މައްސަލައެއް ނޫނެވެ. އިތުރު ކުރަންވީ ރަހަ ގަދަ ކާއެއްޗެހީގެ ތެރޭގައި ހިމެނޭ ސަޔާއި،ސޯޔާގެ ބާވަތްތަކާއި، ޗޮކުލެޓާއި ބަދަނުގެ އިތުރުން ރަހަ ގަދަ ތަރުކާރީ އާއި މޭވާ ގެ ބާވަތްތަކެވެ.
ލޮނު މަދުން ބޭނުން ކުރުން:
ލޮނު މަދުން ބޭނުން ކުރުމުން ނުވަތަ ކާއެއްޗެހީގަ ލޮނުރަހަ މަޑުވުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުވާ ފެނުގައި ހުންނަ ކެލްސިއަމް މަދުވެ އެވެ. އަދި ހިލަ އުފެދުމުގެ ފުރުސަތު ކުޑަވާނެ އެވެ.
ޑޮކްޓަރުން ލަދާފޭގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާނީ ތިނެއް ނުވަތަ ފަސް ގްރާމުގެ ލޮނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް