ޖީމެއިލްގައި މިހާރު 50 ޖީބީގެ ފައިލް އެޓޭޗް ކުރެވިދާނެ !

ޖީމެއިލްގައި ދާދި ފަހަކާއި ޖެހެންދެން އެޓޭޗްމެންޓެއްގެ ގޮތުގައި ފޮނުވޭ އައި އެޓޭޗް ކުރެވޭ އެއްމެ ބޮޑު ސައިޒަކީ 10 ޖީބީ އެވެ. ނަމަވެސް ދާދި ފަހުން މިކަން މިވަނީ ބަދަލުކޮށްފަ އެވެ. ގޫގަލުން ހާމަކޮށްފައި...

02 Mar 2017 | 01:46

ޖީމެއިލްގައި ދާދި ފަހަކާއި ޖެހެންދެން އެޓޭޗްމެންޓެއްގެ ގޮތުގައި ފޮނުވޭ އައި އެޓޭޗް ކުރެވޭ އެއްމެ ބޮޑު ސައިޒަކީ 10 ޖީބީ އެވެ. ނަމަވެސް ދާދި ފަހުން މިކަން މިވަނީ ބަދަލުކޮށްފަ އެވެ.

ގޫގަލުން ހާމަކޮށްފައިވާގޮތުގައި މެއިލްގައި މިހާރު ޑައިރެކްޓްކޮށް 50 ޖީބީގެ ފައިލެއް އެޓޭޗް ކޮށްލެވިދާނެ އެވެ.

ގޫގަލްގެ މި ނިންމުމަށް ޓެކްނޮލޮޖީތަކަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ގޫގަލްގައިވެސް ޑްރައިވް މެދުވެރިކޮށް ފައިލް ޝެއާ ކުރެވޭއިރު އަދި ފައިލް ޝެއަރިން ގިނަ ހިދުމަތްތަކެއް މިހާރު ހުރި އިރު މެއިލްގައި އެވަރުގެ ސައިޒް ބޮޑު ފައިލް އެޓޭޗް ކުރުން ވެގެންދާނީ ޖޯކަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް