އިންޑިއާގެ ދެމަފިރިއަކު ހަނީމޫނަށް ރާއްޖެ އައިސް އަންހެންމީހާއަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް އެ އަންހެންމީހާ މަރައިލާން އުޅުނު ކަމުގެ ތުހުމަތު ފިރިހެން މީހާގެ މައްޗަށް ކޮށްފި އެވެ.
މި ތުހުމަތު އެ ފިރިހެން މީހާގެ މައްޗަށް ކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަންހެންމީހާގެ ބައްޕަ އެވެ.
އިންޑިއާގެ ނޫހެއްގައި ހިންދީ ބަހުން ލިޔެފައިވާ މި ހަބަރުގައި ބުނެފައިވަނީ އެ ދެމަފިރިންނަކީވެސް ޑޮކްޓަރުން ކަމަށާއި ފިރިހެންމީހާ އަންހެންމީހާއަށް އަނިޔާކޮށްފައިވަނީ އަންހެންމީހާގެ އާއިލާއިން ފިރިހެންމީހާއަށް ދޭން ޖެހޭ "ދަހޭޖު" ނުދޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.
އެ އަންހެންމީހާގެ ބައްޕަ ބުނެފައިވަނީ އެ ދެމީހުންގެ ކައިވެންޏަށްފަހު ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވުނު ކަމަށާއި ނަމަވެސް ހަނީމޫނަށްގޮސް އެކުގައި ދުވަސްކޮޅެއް ހޭދަކޮށްލުމުން މައްސަލަ ހައްލުވާނޭކަމުގައި ހީކުރި ކަމަށެވެ. ނަމަވެސް ރާއްޖެ އައިއސް އަންހެންމީހާ މަރައިލަން ސީދާ މަސައްކަތްކޮށްފައިވާކަން އަންހެންމީހާ އޭނާގެ ބައްޕައަށް ކިޔައިދީފައިވާކަމުގައި އޭނާގެ ބައްޕަ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް