ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ އިންޑިއާގެ މަދްޔަޕްރަދޭޝްގެ ފުލުސް އޮފިސަރެއް ކަމުގައިވާ އިންސްޕެކްޓަރު ދޯލަތުރާމް ޖޮގާވަތު އެވެ. އޭނާ މުޅި އިންޑިއާއަށް މަޝްހޫރުވެގެންގޮސްފައިވަނީ ފަލަ ފުލުސް އޮފިސަރުގެ ގޮތުގަ އެވެ. މަތީގައި ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
މިހާރު މި އޮފިސަރު މިވަނީ ހިކެން އަޒުމު ކަނޑައަޅާފަ އެވެ. އޭނާގެ މިހާރުގެ ބަރުދަނަކީ 180 ކިލޯ ކަމުގައިވާއިރު އުމުރުން 58 އަހަރުގެ ދޯލަތުރާމް މިހާރު އަންނަނީ އޭނާގެ ގައިގާ ޖަހާފައިހުރި ލޮކި މަސްތައް ފިލުވާލައި ސަރުބީތައް ބޭރުކޮށްލުމަށް އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންނެވެ. މި އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން އަންނަނީ މަދްޔަޕްރަދޭޝްގެ ސައިފީ ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވަނ ދޯލަތުރާމްގެ ސާޖަރީ ނިމޭއިރު އޭނާގެ ބަރުދަން 100 ކިލޯއަށް ދަށްވާނެކަމުގައި ލަފާކުރެވޭ ކަމަށެވެ. ދޯލަތރާމްގެ ސާޖަރީ ޓީމްގެ އެއްމެ އިސްކޮށް ހިމެނޭ ޑޮކްޓަރު ލަކްޑަވާލާ އަކީ ދުނިޔޭގެ އެއްމެ ބަރު އަންހެންމީހާގެ ސާޖަރީ ހެދުމަށްވެސް ތައްޔާރުވަމުން އަންނަ ޑޮކްޓަރެވެ.
ދޯލަތުރާމްގެ މި އޮޕަރޭޝަނާއި ބެހޭގޮތުން މީޑިއާއިން ސުވާލުކުރުމުން ދޯލަތުރާމް ވަނީ ޖަވާބުދިނުމަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ މީޑިއާއަށް މައުލޫމާތު ދެވޭނީ އޮޕަރޭޝަނަށްފަހުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް