ސައުދީ ރަސްގެފާނު އިންޑޮނޭޝިޔާގެ ރައީސް އާއި ބައްދަލު ކުރައްވައިފި

ރާއްޖެވެސް ހިމެނޭގޮތަށް ސައުދީ ރަސްގެފާނު އޭސިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުނ...

01 Mar 2017 | 22:20

ރާއްޖެވެސް ހިމެނޭގޮތަށް ސައުދީ ރަސްގެފާނު އޭސިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ ރިޔާސީ ގަނޑުވަރުގަ އެވެ.

މި ދެބޭފުޅުންގެ ބައްދަލުވުމުގައި ސައުދީ އާއި އިންޑޮނޭޝިޔާ އާއި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުންނާއި އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފައިވާކަމުގައި އިންޑޮނޭޝިޔާއިން ހާމަކޮށްފައި ވެ އެވެ.

ސަލްމާން ރަސްގެފާނުގެ މި ދަތުރުފުޅުގައި ލަގެޖުގެ ގޮތުގައި 506 ޓަނުގެ މުދާ ގެންދާކަމުގައި ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ބުނެފައިވާއިރު ސަލްމާން ރަސްގެފާނު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ޗައިނާ، އަދި ދިވެހިރާއްޖެ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް