އިރާގާއި ސީރިޔާގައި އައިއެސް ޖަމާއަތުގެ މެމްބަރުންގެ އަދަދަކީ މިހާރު ގާތްގަނޑަކަށް 15 ހާސް ކަމުގައި އެމެރިކާއިން ބުނެފި އެވެ.
އެމެރިކާއިން މި ތަފާސްހިސާބު މި އަހަރު އާއްމުކޮށްފައިވާއިރު މިދިޔަ އަހަރު އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި އެ އަދަދު އުޅެނީ ގާތްގަނޑަކަށް 20 ހާހުގަ އެވެ. އެމެރިކާއިން ބުނެފައިވަނީ އަހަރެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
މެދުއިރުމަތީގެ ގައުމުތަކުން އައިއެސް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ލިބެމުން އަންނަކަމުގައި އެމެރިކާއިން އަބަދުވެސް ހާމަކުރަމުން އަންނައިރު އެމެރިކާގެ ކޯލީޝަނާއި އިރާގުގެ ސަރުކާރުގެ ސިފައިންނާއި ގުޅިގެން މިހާރު އެއްމެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ އިރާގުގެ ސިޓީއެއްކަމުގައިވާ މޯސުލްގަ އެވެ.
މޯސުލް އިން އައިއެސް ފައްސާލުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ފަށާފައިވާ މި ކެމްޕޭނުގައި މިހާތަނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި އަދި މޯސުލްގައި ގާއިމްވެތިބި އައިއެސް މެމްބަރުންގެ އަދަދަކީ ގާތްގަނޑަކަށް ދެހާސް ކަމުގައިވެސް އެމެރިކާއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް