މިއަދުވެސް މާލޭގައި މާރާމާރީއެއް ހިންގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 530 ހާއިރު ފުހުންނަށް ލިބުނު ކަމަށެވެ.
"މި މާރާމާރީގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މިއަދު މާލޭގައި މާރާމާރީއެއް ހިންގާފައިވާއިރު މީގެ ދެ ރޭ ކުރިން މާލޭގައި ހަތަރު މާރާމާރީއެއް ހިންގާފައިވެއެވެ. އެ މާރާމާރީތަކުގައި ތިން މީހަކަށް އަނިޔާވިއިރު އެކަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.
އެ މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް