މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުު އަޅަން ޖެހޭނެ ކަމަށެވެ.
މާސްކު ނާޅާ ބޭރަށް ނިކުމެވޭނެ ހަތަރު ގިންތިއެއް މީގެ ތެރޭގައި ހިމެނެއެވެ. އެއީ:
- އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން
- ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު
- އެހެން މީހެއްގެ އެހީއާންލައި މާސްކު އަޅައި، މާސްކް ނުނެގޭ މީހުން.
- ޓާ ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު،މަތީގައި ބަޔާންކޮށްފައިލް އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އެެފަރާތުުން އަންގާ ގޮތުގެ މަތިން އަމަލު ކުރެވޭނެ އެވެ
މި ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށާއި އިދާރާތަަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް