އަދާލާތު ޕާޓީގެ ތިން ވަނަ ދައުރުގެ މަގާމުތަކަށް ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީން ވަނީ އަންހެނުންގެ ކޮމިޓީ އާއި ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރު ކަމާޢި ޒުވާނުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. މި ތިން މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
އަދާލަތު ޕާޓީގެ އަންހެނުންނާއި ޒުވާނުންގެ މަޖިލީގުގައި21 މެމްބަރުން ތިބެ އެވެ. އަދި ފަނޑިޔާރުންގެ މަޖިލީގުގައި ތިބެނީ ފަސް މެމްބަރުންނެވެ.
އެ ޕާޓީން ބުނީ މި މަޖިލީސްތަކަށް ކުރިމަތި ލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފޯމު މައި އޮފީހަށް ހުށަހެޅުމުގެ އިތުރުން އޮންލައިންކޮށް [email protected] ފޮނުވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް