ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި ރަށެއްގެ މައްސަލައިގަ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ މިއަދު މެންދުރު1:00 ގައި އެވެ.
ފުލުހުން ބުނީ ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ މައްސަލައ އާއި ގުޅުން ހުރި އިތުރު ރަށެއްގެ މައްސަލައިގަ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. އެކަމަކު އެއީ ކޮން ރަށެއްގެ މައްސަލަ ކަމެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު މިއަދު ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ުރި މައްސަލައިގަ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ބަޔާން ނެގީކުރިންވެސް ސުވާލު ކުރި މައްސަލަ އަކާއި ގުޅޭގޮތުން ކަމަށެވެ. އަދި އެއީ އާ މައްސަލައެއް ނޫން ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއަދު އެ މައްސަލައިގައި ރައީސް ޔާމީނާ ސުވާލު ކުރި ނަމަވެސް، އެމަނިކުފާނު ބަޔާނުގައި ސޮއި ކުރައްވާފައި ނުވެ އެވެ.
އެމްއެމްޕީއާރުސގެ ހިޔާނާތާއި ގުޅޭ މައްސަލަ އެއްގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން މިހާރު ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އިތުރު މައްސަލައެއްގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާޜު ދަނީ ކުރިޔަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް