އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު ޔަސްރިފް އިސްތިއުފާ ދެއްވައިފި

އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާއި ހެދި ކަމަށ...

02 Feb 2021 | 10:19

އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާއި ހެދި ކަމަށް ވެ އެވެ. އޭނާ އިސްތިއުފާ ދެއްވިކަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައި އެވެ.

އެ ކައުންސިލުން ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނަވައި ޔަސްރިފް ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އޭނާ އިސްތިއުފާ ދެއްވީ ޑެޕިއުޓީ މޭޔަރުގެ މަގާމުން ކަމަށެވެ. އަދި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރުގެ ގޮތުގައި ކުރިޔަށ ްއޮތްތާ ކައުންސިލްގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

https://twitter.com/AdduCityCouncil/status/1356500306071220226

އައްޑޫ ކައުންސިލްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. ކައުންސިލްގެ ހުރިހާ މެމްބަރުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް