ކޯވިޑް ކޮންޓްރޯލްކުރަން އަޅާ އިތުރު ފިޔަވަޅުތައް މިއަދު ހާމަ ކުރަނީ

ކޯވިޑް-19 ކޮންޓްރޯލް ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ނިންމައިފި އެވެ. މިއަހަރު ފެށުނީންސުރެ ކޯވިޑް ކޭސްތަކުގެ އަދަދު 50 ން މަތިވ...

02 Feb 2021 | 09:59

ކޯވިޑް-19 ކޮންޓްރޯލް ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ނިންމައިފި އެވެ.

މިއަހަރު ފެށުނީންސުރެ ކޯވިޑް ކޭސްތަކުގެ އަދަދު 50 ން މަތިވެފައިވާތީ އެޗްއީއޯސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އަދި ސިއްހީ ހިދުމަތަށް ބުރޫއަރަމުންދާކަމަށް ބުނެ ބަލި ޖެހުމަށް މަގުފަހި ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިއަދު ހަވީރު 4:30 ގައި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް އެޗްއީއޯސީން ނިންމައި އެކަން ވަނީ ނޫސްވެރިންނަށް އަންގާފައި އެވެ.

ބެލެވޭ ގޮތުގައި ބައްދަލުވުމުގައި ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ހާމަ ކުރާނެ އެވެ.

މިއަދު އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ކޯވިޑް ތިން ވަނަ ރާޅު ރާއްޖެއަށް އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބައެއް ފަރާތްތަކުން ދަނީ ކޯވިޑް ކޭސްތައް އިތުރުވެފައި ވާތީ ސްކޫލްތައް ބަންދުކޮށް ބޯޑަރު ބަންދު ކުރުމަށް ގޮވާލަމުންނެވެ. އެކަމަކު ބޯޑަރު ބަންދު ކުރުން ފަދަ ފިޔަވަޅެއް އަޅާފާނެ ކަމަކަށް ނުބެލެވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް