ކިޔަވާ ދަރިވަރުންނަށް ދަސްކޮށްދެވިދާނެ ބައެއް ދުޢާތައް

رَبِّ زِدْنِي عِلْمًا މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ! اللهُمَّ زِدْني عِلْمًا وإيْمَانًا وَيَقِيْنًا މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އަށް ޢިލްމާއި އީމާން...

02 Feb 2021 | 09:59

رَبِّ زِدْنِي عِلْمًا

މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!

اللهُمَّ زِدْني عِلْمًا وإيْمَانًا وَيَقِيْنًا

މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އަށް ޢިލްމާއި އީމާންކަމާއި ޢަޤީދާގެ ޔަޤީންކަން އިތުރު ކޮށްދެއްވާނދޭވެ!

رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي

މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!

اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي, وَعَلِّمْنِي مَا يَنْفَعُنِي, وَزِدْنِي عِلْمًا

މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އިބަ ރަސްކަލާނގެ މި އަޅާ އަށް ދެއްވި ޢިލްމުން މިއަޅާ އަށް މަންފާ ކޮށްދެއްވާނދޭވެ! އަދި މިއަޅާ އަށް މަންފާކުރަނިވި ޢިލްމެއް މިއަޅާ އަށް އުނގަންނަވައިދެއްވާނދޭވެ! އަދި މިއަޅާ އަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް