މާފުށީ ޖަލުގައި ގައިދީން ބައިތިއްބަން އިތުރު50 ގޮޅި ހަދައިފި އެވެ.
މި ގޮޅިތައް ހަދައި ނިންމައި މިއަދު ހޯމް މިނިސްޓްރީން ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި އެވެ.
ކަރެކްޝަންސްއާއި ގޮޅިތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އެވެ. ކަރެކްޝަންސްގެ ފަރާތުން ގޮޅިތަކާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅެވެ.
ހޯމް މިނިސްޓްރީން ބުނީ 50 ގޮޅި ހަވާލު ކުރީ ގޮޅިތަކުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައި ކަމަށެވެ.
ރާއްޖޭގައި ކުށްކުރާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު ޖަލުގެ ޖާގަ ފުރެމުންދާ ކަމަށް އަބަދުވެސް ބުނެ އެވެ. އެގޮތުން 2019 ވަނަ އަހަރުވެސް ވަނީ ކަރެކްޝަންސްގެ ހަވާލުގައި ހުރި ޖަލުތައް ފުރ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތި ވަމުންދާ ކަމަށް ބުނެފައި އެވެ.
ކަރެކްޝަންސްގެ ދަށުން ބަލަހައްޓަމުން ދަނީ ހުޅުމާލޭ ޖަލާއި، މާފުށީ ޖަލު، މާލޭ ޖަލު އަދި ހިންމަފުށީ އައްސޭރި ޖަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް