މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ޑިފެންސް މިނިސްޓަރ މާރިޔާގެ މި ދަތުރުފުޅަކީ އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް އިންޣިޔާގެ ބެންގަލޫރަށް ކުރައްވާ ދަތުރުފުޅެކެވެ.
https://twitter.com/MoDmv/status/1356504912092254209
މި ދަތުރުފުޅަކީ އިންޑިޔާގެ ބެންގަލޫރުގައި މިމަހުގެ 3 އިން 7 އަށް ކުރިއަށްދާ "އޭރޯ އިންޑިޔާ 2021 ޑިފެންސް އެއަރޝޯވ އެންޑް ޑިފެންްސް އެގްޒިބިޝަން" އާއި މިމަހުގެ 4 ވަނަ ދުވަހު ބާއްވާ "އިންޑިއަން އޯޝަން ރީޖަންޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވައިފައިވަނީ އިންޑިޔާ ސަރުކާރުންނެވެ.
މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޗީފް އޮފް ޑީފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް