ވެކްސިން ޖަހަން ހޮސްޕިޓަލްގައި ކިއު ނަހައްދަވާތި: ޑރ.ނިޔާފް

ވެކްސިން ހޯދަން ހޮސްޕިޓަލްގައި ކިއު ނަހަދަން ޑރ. އަބްދުﷲ ނިޔާފް އެދިވަޑައިގެންފިއެވެ.ި 'މައި ހެލްތް' ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އިލްތިމާސް ކުރަމުން ނިޔާފް ވިދާޅުވެފައި ވަނީ އެމީހެއް ވެކްސިން ޖަހަން ...

02 Feb 2021 | 09:19

ވެކްސިން ހޯދަން ހޮސްޕިޓަލްގައި ކިއު ނަހަދަން ޑރ. އަބްދުﷲ ނިޔާފް އެދިވަޑައިގެންފިއެވެ.ި 'މައި ހެލްތް' ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އިލްތިމާސް ކުރަމުން ނިޔާފް ވިދާޅުވެފައި ވަނީ އެމީހެއް ވެކްސިން ޖަހަން ޖެހޭ ދުވަހާއި ވަގުތު އަންގާނެ ކަމަށެވެ.

މާ ކުރިން ނުދިއުމަށާއި ގިނަމީހުން އެކު ގްރޫޕް ހަދާފައި ނުދިއުމަށް ވެސް ޑޮކްޓަރ ބުނެފައިވެއެވެ. މިހާރު އަބަދުވެސް ސިއްހީ ހިދުމަތްތެރިން ދެއްވަމުން ދާ އިރުޝާދު ކަމަށްވާ، މާސްކު އެޅުމާއި އަތް ދޮވުން ނުވަތަ ސެނެޓައިޒް ކުރުމުގެ އިތުރުން3 ފޫޓް ދުރުގައި ތިބުމަށް ނިޔާފް ވަނީ ހަނދާންކޮށްދީފައެވެ.

ވެކްސިން ހޯދަން ހޮސްޕިޓަލްގައި ކިއު ނަހަދަން ޑޮކްޓަރ ނިޔާފް އިލްތިމާސް ކޮށްފައި މި ވަނީ، މާދަމާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލް ތަކެއްގައި ކޮވިޑް ވެކްސިން ދޭން ނިންމާފައި ވަނިކޮށެވެ.

އެޗްއީއޯސީގެ އަމާޒަކީ ކުރިޔަށް އޮތް 10 ދުވަސް ތެރޭގައި ރާއްޖޭގައި ތިބި ހެލްތް އަދި ސޯޝަލް ވޯކަރުންނަށް ކޯވިޑް-19 ވެކްސިން ދިނުމެވެ. އޭގެ ފަހުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރޮންޓްލައިންގައި ހަރަކާތްތެރިވާ އެހެނިހެން ދާއިރާތަކުގެ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ރާއްޖޭގައި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނަށް ކޯވިޑް ވެކްސިން ނުދޭނެ އެވެ.

މިވަގުތު ދެމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑު އެކްސްޓްރަޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. މީގެ ވެކްސިން ފުޅިއަކުން10 ޑޯޒު ދެވެ އެވެ. މިހާޜު ރާއްޖެއަށް އިންޑިއާއިން ހަދިޔާ ކޮށްފައިވާ 100،000 ޑޯޒު ކޮވިޝީލްޑުން ވެކްސިން ދެވޭނީ ގާތްގަނޑަކަށް50،000 މީހުންނަށް ކަމަށް ލަފާ ކޮށްފައިވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް