މިއީ 30 އަހަރު ވަންދެން ކޮންމެ ދުވަހަކު ސިނގިރޭޓު ބުއި މީހަކަށް ވީގޮތް

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓަން ބޭނުންވެ އެހެން ނަމަވެސް އަދި ނުހުއްޓިފައި ތިބި މީހުންނަށް މިއީ ވަރަށް ރަނގަޅު ހިތްވަރަކަށް ވެގެންދާނެކަން ޔަޤީނެވެ. ފޮޓޯއިން ފެނިގެން ތިޔަ ދަނީ ޗައިނާ މީހެއްގެ ...

02 Feb 2021 | 09:18

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓަން ބޭނުންވެ އެހެން ނަމަވެސް އަދި ނުހުއްޓިފައި ތިބި މީހުންނަށް މިއީ ވަރަށް ރަނގަޅު ހިތްވަރަކަށް ވެގެންދާނެކަން ޔަޤީނެވެ.

ފޮޓޯއިން ފެނިގެން ތިޔަ ދަނީ ޗައިނާ މީހެއްގެ ހަށިގަނޑެވެ.

60 އަހަރުގެ މި މީހާ ހޮސްޕިޓަލުގައި އެޑމިޓް ކުރަން ޖެހުނީ ހަންގަޑަށް ރީނދޫކުލަ އަރައި އަދި މާ ބޮޑަށް ބަލިކަމުގެ އިޙުސާސްވާން ފެށުމުންނެވެ. މި މީހާ ބުނެފައިވާ ގޮތުގައި 30 އަހަރުވަންދެން މެދުކެނޑުމެއް ނެތި ސިނގިރޭޓު ބުއިކަމަށެވެ.

ޑޮކްޓަރުން ލަފާދީފައިވަނީ މި މީހާގެ ހަށިގަނޑު ރީނދޫވުމަށް ދިމާވި ސަބަބަކީ މާ ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައި އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުން ވާ ކަމެއްކަމުގައެވެ. މީގެ އިތުރުންވެސް އެހެން ޓިއުމަރެއް އުފެދެން ފަށާއިވާ ކަމަށްވެސް ޑޮކްޓަރުންވަނީ ލަފާ ދީފައެވެ.

ފަރުވާއަށް ފަހު ވަރަށް މަސައްކަތުން ޓިއުމަރު ނެގުމަށް ފަހުގައި މިހާރު ހަންގަނޑުގެ އަސްލު ކުލަ އައިސްފައިވާ ކަމުގައިވެސް ޑޫގެ ޑޮކްޓަރުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް