އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށްރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުުުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއް ބަލައި އޭނާ މަގާމުން ވަކި ކުރަން ތަޅުމަށް ހުށަހަޅަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.
ރައީސް އޮފީހުން ބުނީ އީސީގެ މެމްބަރު ކަމަށް ޑރ. ޒާހިރު އައްޔަން ކުރަން މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އީސީގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއި އެކު ކުރެވޭނެ ކަމަށް ބެލެވެ އެވެ.
ޑރ. މުހައްމަދު ޒާހިރަކީ ކުރިން އީސީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކޮށްފައިވާ ޒާހިރު ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި ވެސް އޭނާ މަސައްކަތް ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް