ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަގާމުން އިސްތިއުފާ ދީފި

2021 ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭގެ އާލާތްތަކާއެކު ގިލި ލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސ...

02 Feb 2021 | 07:23

2021 ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭގެ އާލާތްތަކާއެކު ގިލި ލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސްތިއުފާ ދީފިއެވެ.

މަގާމުން އިސްތިއުފާ ދީފައި ވީ ނަމަވެސް ޑޭވިޑް ސްޓެޕެޓިކްއަށް އދި އެނބުރި ގައުމަކަށް ނުދެވޭނެއެވެ. ސަބަބަކީ ރާއްޖެއިން ފުރުން އޭނާއަށް މަނާ ކޮށްފައެވެ.

ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި އާއްމު ރައްޔިތުން ތުހުމަތު ކުރަނީ، އެކަން އެގޮތަށް ކުރީ އާންމުން ފިނޮޅަށް ޕިކްނިކް ދާތީ ކަމުގައެވެ. އެ މައްސަލަ ފުލުހުންނާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ކ. ހިންމަފުއްޓާއި ގިލި ލަންކާ ފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅުގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ އެރަށާ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް