ޙިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ޔޮޓެއް ޖޫރިމަނާކޮށްފި

ޙިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ޔޮޓެއް ޖޫރިމަނާ ކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނޫސްބަޔާނުގައި ވަނީ، 2021 ޖަނަވަރީ 04 ވަނަ ދުވަހު "ވި...

02 Feb 2021 | 07:05

ޙިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ޔޮޓެއް ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނޫސްބަޔާނުގައި ވަނީ، 2021 ޖަނަވަރީ 04 ވަނަ ދުވަހު "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއް ޙިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ ހިންގާފައިވާ ހަރަކާތްތަކުގެ ސަބަބުން އެ ޔޮޓް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އުޅަނދުގައި ތިބި ފަރާތްތަކުން އެ ސަރަޙައްދުގައި ކައިޓް ސަރފްކޮށް ހަނިފަރުރަށަށް އަރައި ޙަރަކާތްތަކެއް ހިންގާފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނޫސްބަޔާނުގައި ވެއެވެ.

"ވިޓާލިއާ 2 ލަންޑަން" 6 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އަދި 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކެވުމަށް އެ އުޅަނދުގެ ލޯކަލް އެޖެންޓް އޭޝިއާ ޕެސިފިކް ސްޕަރޔޮޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް