މިނިސްޓްރީ އޮފް ފިނޭންސް ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވަޒީފާއަށް އަސަރުކޮށް އަދި ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި 264 މިލިއަން ރުފިޔާއަށް ދޫކޮށްފައި ވެއެވެ.
މިއީ 17,710 މީހަކަށް ދީފައިވާ 264 މިލިއަން ރުފިޔާ އެވެ.
އިންކަމް ސަޕޯޓް އަކީ ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ އެލަވަންސެކެވެ. އެލަވަންސް ތައާރަފު ކުރެވިފައި ވަނީ އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށެވެ.
މި އެލަވަންސް ފޯރު ކޮށްދެނީ ދިހަ މަހުގެ މުއްދަތަކަށް (އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް) ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް