މި އޫރު ފެނުނީ ކޮންކަމެއް ކުރަނިކޮށްކަން އެނގޭތަ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ އޫރެކެވެ. އެގޮތުން ޓައިލްސް މަތީން ވަސް ބަލަމުން މަޑުމަޑުން އޫރު ދާތަން ދައްކުވައިދެއެވެ. އެއަށްފަހު ފްރިޖްއާ ހަމައަށް އާދެވުމުނ...

02 Feb 2021 | 05:53

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ އޫރެކެވެ.

އެގޮތުން ޓައިލްސް މަތީން ވަސް ބަލަމުން މަޑުމަޑުން އޫރު ދާތަން ދައްކުވައިދެއެވެ. އެއަށްފަހު ފްރިޖްއާ ހަމައަށް އާދެވުމުން ދެން ފެނިގެންދަނި އޫރު އަމިއްލައަށް ފްރިޖްގެ ދޮރު ހުޅުވާ މަންޒަރެވެ.

މި އޫރު ގެންގުޅޭ އުމުރުން 29 އަހަރުގެ ކެއިޓްލީން ވީޑިއޯ ޕޯސްޓްކޮށް ބުނެފައިވަނީ ހެނދުނު އޭނަ ސައި ތައްޔާރުކުރުމަށް ހުއްޓައި ފެނުނީ އޭނާގެ ޕެޓް އެއްގެ ގޮތުގައި ގެންގުޅޭ އެލްބާޓް (އޫރު) މަޑުމަޑުން ގޮސް ފްރިޖްއިން މޭބިސްކަދުރު ނަގަނިކޮށް ކަމަށެވެ.

އިތުރަށް ކެއިޓްލީން ބުނެފައިވަނީ އެ އޫރު ފްރިޖް އެ ހުޅުވީ އަލަށް އެދުވަހުގައި ކަމަށެވެ. އެގޮތުން އާންމުގޮތެއްގައިވެސް އޫރަށް މޭބިސްކަދުރާއި ސްޓޯބެރީސް އަދި ކަރާފަދަ ތަކެތި ކެއުމަށް ދޭ ކަމުގައި އޭނާ ބުނެފައިވެއެވެ. މި އަންހެން މީހާ މި އޫރު ގެންގުޅޭތާ މިވަނީ މިހާރު4 އަހަރު ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

އާންމުވެފައިވާ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އިރު ގިނަ މީހުން ބުނަނީ އެއީ ވަރަށް ސިކުނޑި ރަނގަޅު އޫރެއްކަމުގައެވެ.

ނޯޓު: އޫރު މަހަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ މަހެކެވެ. މި ލިޔުމުގެ މަޤުޞަދަކީ އޫރުމަސް ޕްރޮމޯޓް ކުރުމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް