ހޮންކޮންގް ރައްޔިތުންނަށް އިނގިރޭސިވިލާތުން ރަށްވެހިކަން ދިނުމުގެ އުސޫލަށް ބަދަލެއް ނުގެންނާނެ

ބްރިޓިޝް ނޭޝަނަލް އޯވަސީސް ޕާސްޕޯޓު އޮތް ހޮންކޮންގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިކަން ދިނުމަށް ފަހިކޮށްދިން މަގާއިމެދެ ދެވަނަ ވިސްނުމަކަށް ނުދާނެކަމަށް ޔޫކޭއިން ބުނެފިއެވެ. އިނގިރޭސިވިލާތު...

02 Feb 2021 | 05:49

ބްރިޓިޝް ނޭޝަނަލް އޯވަސީސް ޕާސްޕޯޓު އޮތް ހޮންކޮންގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިކަން ދިނުމަށް ފަހިކޮށްދިން މަގާއިމެދެ ދެވަނަ ވިސްނުމަކަށް ނުދާނެކަމަށް ޔޫކޭއިން ބުނެފިއެވެ.

އިނގިރޭސިވިލާތުން މިހެން ބުނީ މި މައްސަލައިގަ ޗައިނާއިން ކުރިމަތި ކުރުވަމުންދާ ފިއްތުންތަކާއި ގުޅިގެންނެވެ.

އެގޮތުން ބީއެން (އޯ) ޕާސްޕޯޓު ރަސްމީ ލިޔުމެއްގެ ގޮތުގައި ބަލައިގަތުން ހުއްޓާލުމަށް ޗައިނާއިން ވަނީ ނިންމާފައި އެވެ. ޗައިނާއިން ވަނީ މިނިންމުން އެއާލައިންތަކަށް އަންގާފައި އެވެ.

އަދި ޗައިނާ އަދި ހޮންކޮންއަށް ދަތުރު ކުރާ މީހުންގެ އަތުގައި ގާނޫނީގޮތުން ހުއްދަ އޮތް ލިޔުމެއް އޮތްތޯ ކަށަވަރު ކުރަން އަންގާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ބީއެން (އޯ) ޕާސްޕޯޓު އޮތް ހޮންކޮންގެ ރައްޔިތުންނާއި މެދު ދެވަނަ ވިސްނުމަކަށް ނުދާނެކަމަށެވެ. އަދި މިހާރު އެމީހުން ބޭނުންނަމަ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރުމުގެ ހައްގު އެބަ އޮތްކަމަށެވެ.

ބީއެން (އޯ) ޕާސްޕޯޓުއޮތް ހޮންކޮންގެ ރައްޔިތުންނަށް ހުޅުވާލި ހާއްސަ ވިސާ ސްކީމްގެ ދަށުން 5.4 މިލިއަން މީހުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދުމަށް ވަނީ މަގުފަހިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް