ފާއިޒާ ތޯ ހަލީމާތޯ ރަނގަޅަށް ބައްލަވާލުމަށް އެދި ލޫކަސް ޖަލީލު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވެކްސިން ޖައްސަވާ ތަނުގެ ވީޑިއޯއެއް ޓުވީޓް ކުރައްވާފައެވެ.
https://twitter.com/Lucasjalyl/status/1356270766443036672
ލޫކަސް ޖަލީލު މިހެން ބުނެފައި މި ވަނީ، އިއްޔެ ރާއްޖޭގައި ވެރިންގެ ގަޔަށް ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިން ނޫންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށެވެ.
މިގޮތުން ބައެއް ފަރާތްތަކުން ވެކްސިނުގެ ފޮޓޯލައި، ރައީސް ގަޔަށް ޖައްސަވާފައި ވަނީ ކޮވިޝީލްޑް ވެކްސިން ނޫން ކަމާއި، އެ ފޮޓޯގައި ވާ ވެކްސިން ކަމަށް ބުނަމުން ދަނިކޮށް، އެއަށް ރައްދު ދީ ޑރ. މުހައްމަދު އަލީ ވިދާޅުވެފައި ވަނީ އެ ފޮޓޯގައި ވަނީ ޑރ ޖެއްސެވި ވެކްސިން ކަމަށެވެ. އަދި އެއީ ކޮވިޝީލްޑް ވެކްސިން ކަމަށެވެ.
ވެކްސިނަކީ އައްޑަނައެއް ކަމަަށް ވިދާޅުވެ ޑރ ނަޒްލާވެސް ވަނީ ޓުވީޓް ކުރައްވާފައެވެ. އަދި ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ވެކްސިން ޖެހުމަށް ސިއްހީ ހިދުމަތްތެރިން ލަފާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް