އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ އިތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުގަދަވާނެ ކަމަށެވެ. އެގޮތުން އެ ސަރހަހައްދުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި4-7 ފޫޓު ހުންނާނެ ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނު އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ދިޔަވަރުބޮޑު ގަޑިތަކުގައި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ބުނެ އެވެ.
އެހެންވެ އުުތުރާއި މެދުރާއްޖެތެރޭގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް