ޑިސްކަސްތްރޯ އަންހެން ބައިން އައިޝަތު ޝާޔާ ޝަފީއު ޤައުމީ ރެކޯޑް އާކޮށްފިއެވެ. ތާޖުއްދީން ސްކޫލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިދިޔަަ މަހު ޑިސްކަންތްރޯއިން ޝާޔާ ހެދި ރެކޯޑަށްވުރެ މިފަހަރު 1.13 މީޓަރ އިތުރު ވެފައި ވާ ކަމަށެވެ.
މި މަހު ޑިސްކަސްތްރޯ އަންހެން ބައިން ޝާޔާ 27.15 މީޓަރާއެކު ގައުމީ ރެކޯޑް އާކޮށްފައި ވެއެވެ. ތާޖުއްދީން ސްކޫލުން ޝާޔާގެ ރެކޯޑް ފާހަގަކޮށް މަރުހަބާ ކިޔާފއި ވާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެސް ވަނީ ޝާޔާއަށް މަރުހަބާ ކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް