އާ ހެދުމެއްލާއިރު މި ދުޢާ ނުކޮށް ދޫކޮށްނުލާތި

އައު ހެދުމެއް ލާއިރު އެ ހެދުން ދެއްވި ފަރާތަށް އެ ހެދުމުގައިވާ ހުރިހާ ހެޔޮކަމެއް ދެއްވާތޯ އަދި އެ ހެދުމުގައިވާ އެންމެހާ ނުބައިކަމުން ދުރުކުރައްވާތޯ ދުޢާކުރުން މުހިންމެވެ. އާ ހެދުމެއްލާއިރު ކުރާ ދުޢާއަ...

02 Feb 2021 | 05:01

އައު ހެދުމެއް ލާއިރު އެ ހެދުން ދެއްވި ފަރާތަށް އެ ހެދުމުގައިވާ ހުރިހާ ހެޔޮކަމެއް ދެއްވާތޯ އަދި އެ ހެދުމުގައިވާ އެންމެހާ ނުބައިކަމުން ދުރުކުރައްވާތޯ ދުޢާކުރުން މުހިންމެވެ.

އާ ހެދުމެއްލާއިރު ކުރާ ދުޢާއަކީ

للَّهُـمَّ لَـكَ الْحَـمْـدُ أَنْـتَ كَسَـوْتَنِيهِ، أَسْأَلُـكَ مِنْ خَـيْرِهِ وَخَـيْرِ مَا صُنِعَ لَـهُ، وَأَعُوذُ بِكَ مِنْ شَـرِّهِ وَشَـرِّ مَـا صُنِعَ لَـه

”އޭހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ އިބަﷲއަށެވެ. މިހެދުން މިއަޅާ ލެއްވެވީ އިބަﷲއެވެ. މިހެދުމުގައިވާ ހެޔޮކަމާއި އަދި އެކަމަކަށްޓަކައި މިހެދުން އުފެއްދެވުނުކަމުގެ ހެޔޮކަން ދެއްވުމަށްއެދި މިއަޅާ އިބަﷲގެ ހަޟްރަތުން ދަންނަވަމެވެ. އަދި މިހެދުމުގައިވާ ނުބައިކަމަކާ އަދި އެކަމަކަށްޓަކައި މިހެދުން އުފެއްދުވުނުކަމުގެ ނުބައިކަމުން ރައްކައުތެރިކޮށް ދެއްވުމަށްއެދި މިއަޅާ އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ.“

أخرجه أبو داود وصححه الألباني

މަސްދަރު: ޙިސްނުލްމުސްލިމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް