ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ފިރިމީހާގެ އެދުންވެރިކަން ފުދުން ލަސް ކުރެވޭނެ ގޮތްތަކެއް ޑރ. އިޔާޒް އިއްޔެ ބުނެދެއްވާފައިވާއިރު އެލެކްސް އަހްމަދު އެކަމުގައި ޑރ. އިޔާޒަށް ރައްދެއް ދީފިއެވެ.
ޓްވިޓާގައި އެލެކްސް އަހްމަދަކީ ސީދާ ރައީސް ނަޝީދު ހިންގަވާ ޓްވިޓާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އެއީ އަދި ޔަގީން ކަށަވަރު ކުރެވިފައިވާ ކަމެއް ނޫނެވެ.
އެލެކްސް އަހްމަދު ބުނެފައިވަނީ ނޭވާ ހިފަހައްޓައިގެންވެސް ނުވާކަމަށެވެ. ލޯ މަރައިގެން ނުވާކަމަށެވެ. ވަރަށް ގިނަ ގޮތްގޮތް ބެލިއްޖެ ކަމުގައިވެސް ބުނެފައިވެއެވެ.
"ހީވަނީ ހަމަ ގަދަ މީހުންނާ ދެރަ މީހުން އިންސީން ތެރޭ އުޅޭނެހެން" އެލެކްސް އަހްމަދު ބުނެފައިވެއެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޖިމާއުވުމުގެ ކުރިން ކުޑަގިފިލި ދިއުން، ވުލޫ ކުރުން، ލޯބިކޮށް އަންބިމީހާ ތައްޔާރުވުމުން ޖިމާއުވާން ފެށުން އަދި ޖިމާއުވުމުގެ ތެރޭގައި އެހެން ކަމެއް ތެރޭގައި ހިޔާލުގެން ގެންގުޅުން އެއީ ޖިމާއުވާއިރު ފިރިމީހާ އެދުންވެރިކަން އަވަހަށް ފުދުން ލަސްކުރުމަށް ކުރެވިދާނެ ކަންކަން ކަމަށެވެ.
https://twitter.com/anedhivehirajje/status/1356243556734656512
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް