ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހައްގެއް: އަޒީޒް ޖަމާލް

މިހާރު ރާއްޖޭގައި ޖަހަން ފަށާފައިވާ ކޮވިޑު ވެކްސިން ޖަހާނީ ގާނޫނަކުން މަޖުބޫރުކުރުމުން ކަމުގައި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަޒީޒް ޖަމާލް އަބޫބަކުރު އިއްޔެ ވިދާޅުވުމަށްފަހު އެކަން ދިފާއު ކުރައްވައި...

02 Feb 2021 | 04:12

މިހާރު ރާއްޖޭގައި ޖަހަން ފަށާފައިވާ ކޮވިޑު ވެކްސިން ޖަހާނީ ގާނޫނަކުން މަޖުބޫރުކުރުމުން ކަމުގައި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަޒީޒް ޖަމާލް އަބޫބަކުރު އިއްޔެ ވިދާޅުވުމަށްފަހު އެކަން ދިފާއު ކުރައްވައިފިއެވެ.

ގާނޫނަކުން މަޖުބޫރު ކުރުމުން ނޫނީ ވެކްސިން ނުޖަހާނެ ކަމަށް ބުނުމާއެކު އަޒީޒް ޖަމާލަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެކަން ދިފާއުކޮށް ގިނަ ޕޯސްޓްތަކެއް މިއަދު ފޭސްބުކްގައި އަޒީޒް ޖަމާލް ކޮށްފައިވެއެވެ.

އެގޮތުން އެއް ޕޯސްޓްގައި ބުނެފައިވަނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތީން އެމީހަކަށް ފެންނަ ގޮތް ދުލުން ނުވަތަ ގަލަމުން ބަޔާން ކުރުމަކީ ރާއްޖޭގައި ލިޔުނު ހުރިހާ ގާނޫނު އަސާސީއެއްގައިވެސް ކަށަވަރުކޮށްދީފައިވާ ހައްގެއްކަން ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.

އިތުރު ޕޯސްޓެއްގައި އަހާފައިވަނީ ވަކި މީހަކާ ދިމާއަށް އަނގަމަޑުން ލައިގެން ހުންނަން އަމުރުނުކޮށް ތިމާއަށް ފެންނަ ހިޔާލެއް ފާޅު ނުކުރަނީ ކީއްވެތޯ؟ އެވެ.

އަޒީޒް ޖަމާލް އިއްޔެ ވިދާޅުވެފައިވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްގެން ނޫނީ އިންޑިއާގައި ހަދާފައިވާ ކޮވިޑް ވެކްސިނެއް ނުޖަހާނަން ކަމަށެވެ. މީޑިއާ ސްޓަންޓް ތަކަށް ކުޑަކޮށްވެސް އިތުބާރެއް ނުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް