ގެއްލިގެން ހޯދަމުން ދިޔަ ބާޖު ފެނިއްޖެ

ކަފު ޖަހައިގެން ދިޔަ ބާޖެއް، ވާ ކަނޑައިގެން ގޮސް ގެއްލުމުގެ ސަބަބުން ހޯދަން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެމް އިން މައުލޫމާތު ދޭ ގޮތުގައި މުއަދު ހެނދުނު6.23 ގައި ބާޖު ފެނިފައި ވާ ކަމަށ...

02 Feb 2021 | 04:12

ކަފު ޖަހައިގެން ދިޔަ ބާޖެއް، ވާ ކަނޑައިގެން ގޮސް ގެއްލުމުގެ ސަބަބުން ހޯދަން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެމް އިން މައުލޫމާތު ދޭ ގޮތުގައި މުއަދު ހެނދުނު6.23 ގައި ބާޖު ފެނިފައި ވާ ކަމަށެވެ. ބާޖު ފެނިފައި ވަނީ ބާޖުގެ ވެރިފަރާތުން ހޯދަމުން ދިޔަ އުޅަނދަކަށެވެ. ބާޖު ފެނުނީ އޮޔާދަނިކޮށެވެ.

ކ. ތިލަފުށިން ފުރައިގެން ކ. ކުނާވަތައް، ކަފު ޖަހައިގެން ދަތުރު ކުރަމުން ދިޔަ 120 ފޫޓްގެ “ލިއޯ ޖެމް2” ނަމަކަށް ކިޔާ މި ބާޖު ގެއްލިގެން  22:33 ހާއިރު އެމްއެންޑިއެފް އަށް ރިޕޯޓް ކުރުމާ ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފެށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް