ލ.އަތޮޅުގައި ބާއްވާ އަންހެން ކަނބަލުންގެ އެންމެ ބޮޑު ހޭންޑްބޯޅަ މުބާރާތް ރޭ ފަށައިފި

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި ބާއްވާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖް 2021 ރޭ ފަށައިފިއެވެ. ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ރޭ ފެށި މި މުބާރާތަކީ މުޅި ލާމު އަތޮޅުގެ ހުރ...

01 Feb 2021 | 20:46

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި ބާއްވާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖް 2021 ރޭ ފަށައިފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ރޭ ފެށި މި މުބާރާތަކީ މުޅި ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަންހެން ކަނބަލުންނަށް ޚާއްޞަ ކޮށްގެން ބާއްވާ ހޭންޑް ބޯޅަ މުބާރާތެކެވެ. މި މުބާރާތް ރޭ ފެށިއިރު، މި މުބާރާތުގައި ޖުމްލަ 14 ޓީކަމުން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ދެމެޗު ރޭ ކުޅުނުއިރު، މުބާރާތް ހުޅުވައިދިނީ އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީއާއި ލާމު ގަމު ރީޖަނަލް ހޮސްޕިޓަލް ބައްދަލުކުރި މެޗުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީއިންނެވެ. މި މެޗުން އެޓީމު ކާމިޔާބުކުރީ 1-6 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީގެ އަސްމާ އަބްދުއްލަތީފްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ތުނޑީ ރިވޮލިޔުޝަން (ޓްރައި) އާއި ރެހެންދި ޓީމްއެވެ. މި މެޗު 5-11 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުރީ ތުނޑީ ރިވޮލިޔުޝަން (ޓްރައި) ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތުނޑީ ރިވޮލިޔުޝަން (ޓްރައި) ޓީމްގެ އައިމިނަތް ލިއުޝާއެވެ.

މިއަދާ މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިއަދު ހަވީރު 4:45 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އައިލެންޑް ޔޫތް ޔުނައިޓެޑް އާއި ލާމު ޔޫތް މޫވްމަންޓް(ލީމް) އެވެ.

މިރޭ 8:10 ގައި ކުޅޭ މެޗުގައި ގޯޅި ސްޕޯޓްސް ކުލަބާއި ޓީމް ރަނި ބައްދަލުކުރާއިރު، މިރޭ 9:10 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީބީ ސްޕޯޓްސް ކުލަބާއި ޑަބްލިޔުޑީސީއެވެ.

އަދި މިރޭ 10:10 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީއާއި ޓީމް ނިރުވާނާއެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޔުނިކްސް ސްޕޯޓިންގް ގެ ފަރާތުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް