ކަފު ޖަހައިގެން ދިޔަ ބާޖެއް، ވާ ކަނޑައިގެން ގޮސް ގެއްލިއްޖެ

ކަފު ޖަހައިގެން ދިޔަ ބާޖެއް، ވާ ކަނޑައިގެން ގޮސް ގެއްލުމުގެ ސަބަބުން ހޯދަން ފަށާފއި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ކ. ތިލަފުށިން ފުރައިގެން ކ. ކުނާވަތައް، ކަފު ޖަހައިގެން ދަތުރު ކުރަމުން ދި...

01 Feb 2021 | 19:02

ކަފު ޖަހައިގެން ދިޔަ ބާޖެއް، ވާ ކަނޑައިގެން ގޮސް ގެއްލުމުގެ ސަބަބުން ހޯދަން ފަށާފއި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ކ. ތިލަފުށިން ފުރައިގެން ކ. ކުނާވަތައް، ކަފު ޖަހައިގެން ދަތުރު ކުރަމުން ދިޔަ 120 ފޫޓްގެ "ލިއޯ ޖެމް2" ނަމަކަށް ކިޔާ މި ބާޖު ގެއްލިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކ. ކުނާވަށިގެ5 ނޯޓިކަލް މޭލު ބޭރުން، ވާ ކަނޑައިގެން ގޮސް ގެއްލިގެން އެމްއެންދީއެފް މާލޭ އޭރިއާ ކޯސްޓް ސްކޮޔަރޑްރެގަން އިން ހަރަކާތްތެރި ވާން ފަށާފައި ވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ 22:33 ހާއިރު އެވެ.

މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް