އަތުން ކާންވީ ސަބަބު މިއޮތީ

ލޭ ދައުރުވުން އިތުރުކޮށްދޭ އަތުން ކެއުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިއްބައިދެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑޫގައި ލޭ ދައުރުކޮށްދިނުން އިތުރުވެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެ...

02 Jan 2021 | 18:23

ލޭ ދައުރުވުން އިތުރުކޮށްދޭ

އަތުން ކެއުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިއްބައިދެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑޫގައި ލޭ ދައުރުކޮށްދިނުން އިތުރުވެއެވެ.

ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ

ސައިކޮލޮޖިސްޓުން ބުނާގޮތުގައި އަތުން ކެއުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިބި އަދި ކެއުމުގައި ހިތްހަމަޖެހުން ލިއްބައިދެއެވެ.

ކާތަކެތި ރަނގަޅަށް ހަޖަމުކޮށްދިނުން

ދިރާސާތަކުން ދައްކާގޮތުގައި އަތުން ނަގައި އަނގަޔަށް ކާތަކެތި ލުމުގެ ސަބަބުން އިނގިލީގައި ހުންނަ ނާރުތަކުން ސިކުނޑިއަށް ސިގްނަލެއް ފޮނުވައިދެއެވެ. އަދި މި ސިގްނަލްގެ ސަބަބުން ކާތަކެތި ހަޖަމުވުމަށް ފަސޭހަވެގެންދެއެވެ.

ކާތަކެތީގެ ފިނި ހޫނުމިން އެނގޭނެ

އުލުން ނުވަތަ ސަމްސަލެއް ބޭނުންކޮށްގެން ކާނަމަ ކާތެކީގެ އަސްލު ފިނިހޫނުމިން ދެނެގަނެވޭނީ އަނގަޔަށް ލުމުންނެވެ. އެހެން ނަމަވެސް އަތުން ކާނަމަ އަނގަޔަށް ކާތަކެތި ލުމަށްފަހު ދޫ ނުވަތަ ތަލި ފިހުމުގެ ކުރިން ކާއެއްޗެހީގެ ހޫނުކަން އިހުސާސްވާނެއެވެ.

ސާފުތާހިރުވުން

އުލަކުން ނުވަތަ ސަމްސަލަކުން ނުވަތަ ޗޮޕްސްޓިކްއެއް ބޭނުންކޮށްގެން ކެއުމަށް ވުރެން އަމިއްލަ އަތުން ކާނަމަ މާ ބޮޑަށްވެސް ސާފި ޠާހިރުވާނެއެވެ.

ކަށި ހުންނަ ތަކެތި ކެއުމަށް ފަސޭހަވުން

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކަނޑުމަހާއި ކުކުޅުމަސް ކެއުމުގައި އާންމުގޮތެއްގައި ބޭނުންކުރާ ބަޔެކެވެ. އެހެންކަމުން އުލާއި ސަމްސަލުން ކެއުމުގެ ސަބަބުން ކަށިހުންނަ މިފަދަ މަހުގެ ބާވަތްތައް ކެއުމުގައި ގިނަފަހަރަށް އޭގެން ބޮޑުބައެއް ވަނީ އިސްރާފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް