އައްޑޫ ސިޓީ ރޫޓް ފިހާރަ ފަޅާލައިފި

އައްޑޫ ސިޓީ މަރަދޫގައި ހިންގާ ރޫޓް ފިހާރަ ފަޅާލައި ވައްކަން ކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު ކަމަށެވެ. އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަން ފުލުހުން ހ...

02 Jan 2021 | 14:45

އައްޑޫ ސިޓީ މަރަދޫގައި ހިންގާ ރޫޓް ފިހާރަ ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު ކަމަށެވެ. އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަން ފުލުހުން ހާމަ ކުރިޔަސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ފިހާރައިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އިތުރުން ބައެއް ތަކެތި ވަގަށް ނަގާފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީ ރޫޓް ފިހާރައިން ވައްކަން ކުރި އިރު މިދިޔަ އޮކްޓޯބަރު މަހު ވަނީ މާލޭ ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަް ގެންދިޔަ ފައިސާ ދަބައެއް ބޭންކު ދޮރުމަތިން ފޭރިގަންނަން މަސައްކަތް ކޮށްފައި އެވެ. އެކަން ނާކާމިޔާބުކޮށްލީ ބޭންކުގެ ސެކިއުރިޓީ ގާޑެވެ.

އެ މައްސަލަ ހަތް މީހަކު ހައްޔަރު ކުރުމަށް ފަހު ތަހުގީގު ނިންމައި ފުލުހުން ޕީޖީގައި ދައުވާ ކޮށްދިނުމަށް އެދުނީ ފަސް މީހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް