ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. ބުރެވި ނަމުން ނަންދެވިފައިވާ މި ތޫފާން އަވައްޓެރި ސްރީލަންކާއަށް އަރާނެ ކަމަށް ބެލެވިފައިރު، މި ތޫފާންގެ އަސަރު ރާއްޖެ އަށް ވެސް ކު...

01 Dec 2020 | 18:32

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ބުރެވި ނަމުން ނަންދެވިފައިވާ މި ތޫފާން އަވައްޓެރި ސްރީލަންކާއަށް އަރާނެ ކަމަށް ބެލެވިފައިރު، މި ތޫފާންގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

މި ތޫފާންގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިރު، އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ އިން ވެސް ވިދާޅުވެފައިވަނީ މިތޫފާންގެ ސަބަބުން ޑިސެމްބަރ 04 ވަނަ ދުވަހުގެ ނިޔަލަށް ވިއްސާރަ ކުރާނެއެވެ.

އެހެންކަމުން އިންޑިއާގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފައިވަނީ ރާއްޖޭގެ އުތުރުން އިންޑިއާ އާއި ސްރީލަންކާގެ އައްސޭރިފަށަށް މަސްވެރިން މަސްވެރިކަމަށް މިދުވަސްވަރު ނުނިކުތުމަށެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުން

މި ތޫފާންގެ ސަބަބުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވެއެވެ. އެހެން ކަމުން ލަފާކުރެވޭ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދު ތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް