ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 38 މީހުން، ފަސޭހަވީ 29 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު  38 މީހަކު ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މ...

01 Dec 2020 | 18:10

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު  38 މީހަކު ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 34 މީހުންނާއި ރިސޯޓުތަކުން އެކަކާއި އަތޮޅުތެރެއިން 3 މީހުންނެވެ.

ްިއިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 38 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ފައްސިވި  ޖުމްލަ އަދަދު ވަނީ 13،049 އަށް އަރާފައެވެ.

މިއަދު މިބަލިން 29 މީހުން ރަނގަޅުވެފައިވާއިރު، ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވާ ޖުމްލަ އަދަދަކީ  11،968 އެވެ.

އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ  47 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 89 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް