ސިންގަޕޫރުގެ ސިލްކް އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.
ސިލްކް އެއާ އަކީ ސިންގަޕޯ އެއާލައިންގެ ދަށުން ހިންގާ ބަޖެޓު އެއާލައިނެކެވެ.
ސިލްކް އެއާއިން ރާއްޖެއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލީ ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމުންނެވެ.
އެ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށީ މިއަދު އެވެ. އެމްއޭސީއެލްއިން ބުނީ ސިލްކް އެއާއިން ރާއްޖެއަށް ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ.
ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 16 އެއާލައިނަކުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވާއިރު މިދިޔަ މަހު އެންމެ ފަހުން އަލުން ދަތުރުތައް ފެށީ ރަޝިއާގެ އަޒޫރް އެއާ އިންނެވެ.
ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 70،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިހާރު ދުވާލަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 1،000 އިން މަތީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް