އައްޑޫ ސިޓީ މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ މިދިޔަ އަހަރުގެ ޖޫން 30 ގައި އެވެ.
މަރަދޫ ބަނދަރުގެ ބޭރު ތޮށި މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން، 873،18 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކޮށްފައިވެ އެވެ. އަދި 419 މީޓަރުގެ ސަރަޙައްދުގައި ތޮށިލާފައިވެ އެވެ.
މީގެ އިތުރުން 340 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 40 މީޓަރު ދިގު ހަ މީޓަރު ފުޅާ ބްރިޖެއް ރާނާފައިވެ އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 975,1 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއަށް 28.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން އެއްކޮށް ނިންމާލީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް