ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު މަރުވެއްޖެ

"ރާސްތާ" ނަމަކަށް ކިޔާ މަސް ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ އެވެ. އަލިފާނުގެ ...

01 Dec 2020 | 08:04

"ރާސްތާ" ނަމަކަށް ކިޔާ މަސް ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ އެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ދޯނި އޮތީ ގދ. ތިނަދޫ ފަޅު ތެރޭގައި އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގައި ހުރި ގޭސްފުޅިން ގޭސް ލީކުވެގެންނެވެ. މި ހާދިސާގައި އެ ދޯނީގައި މަސައްކަތް ކުރާ ހަތަރު ދިވެއްސަކު ފިހިފައިވެ އެވެ.

ފިހުނު މީހުންގެ ތެރެއިން މިއަދު ހެނދުނު މަރުވެފައިވަނީ 41 އަހަރުގެ މީހެކެވެ. އެމީހާ މަރުވީ ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާގެ ހަށިގަނޑުގެ 50 ޕަސެންޓު ވަނީ މި ހާދިސާގައި ފިހިފައެވެ.

މި ހާދިސާގައި ދެން ފިހުނު މީހުންގެ ހާލު ސީރިއަސްއެއް ނޫނެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް